މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަލޮޅު ސަހަރާގެ ބައެއް ސަރަޙައްދުތަކުގައި ހުރި މަހާނަ ގާތައް ނެގުމާގުޅޭ
އިޢުލާނު
ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާއި ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަޙައްދާއި އިރު ދެކުނު ފަރާތު ސަރަޙައްދުގައި ހުރި ޤަބުރު ކަށިތައް ( މިނި ކަށިތައް ) ނަގަން ބޭނުންވާތީ، އެ ސަރަޙައްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވެއެވެ.
ވީމާ، މި ދެންނެވި ސަރަޙައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތްތަކުން، އި އިދާރާއާ ގުޅިގެން، 15 ޑިސެމްބަރ 2024 ގެ ކުރިން އެ މަހާނަ ގާތައް ނަގައިގެން ގެންދިއުމަށާއި އެ މުއްދަތުގައި ނުގެންދާ މަހާނަ ގާތައް މި އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތައް ނައްތާލެވޭނެ ވާހަކަ އަންގާ އިޢުލާނު ކުރީމެވެ.
މަހާނަ ގާތައް ނަގަން ބޭނުންވާ ފަރާތްތަކުން ގުޅާނީ ނަންބަރ 7994565 ފޯނަށެވެ.
04 ޑިސެންބަރު 2024
ހޯދާ