އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ

އިޢުލާން

އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ

        އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، އައްޑޫސިޓީ ހިތަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ފޯމު ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

        މި މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމުގެ އިތުރުން، ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/1_tSUaum5JZmh1RI9PhaWFXcJP8_wzMsRVAwz30wXTps/edit

 

03 ޖުމާދަލްއާޚިރް 1446

04 ޑިސެމްބަރ 2024

04 ޑިސެންބަރު 2024
ހޯދާ