މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ (އެމް.އެސް. 2)

މަޤާމު:

ސީނިއަރ އެކައުންޓްސް އޮފިސަރ (އެމް.އެސް. 2)

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

އެސް.އޯ.އީ.އެސް ފައިނޭންޝަލް ޕާރފޯމަންސް މޮނިޓަރިން ޑިވިޜަން، ޕެމެބް

މަޤާމްގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް މެނޭޖްމަންޓް/ ކޮމަރސް / އެކައުންޓިންގ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް މެނޭޖްމަންޓް/ ކޮމަރސް / އެކައުންޓިންގ)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް މެނޭޖްމަންޓް/ ކޮމަރސް / އެކައުންޓިންގ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް މެނޭޖްމަންޓް/ ކޮމަރސް / އެކައުންޓިންގ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ހިސާބުތައް ބަލާ ދިރާސާކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ޑިވިޑެންޓް ކަނޑައެޅުމާބެހޭގޮތުން މިނިސްޓަރަށް ލަފާދިނުމުގައި އެހީތެރިވުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން ކުރާ އަދި ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ކެޕިޓަލް ޚަރަދުތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ބަލާ ދިރާސާކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާނުވާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓްބަލާ ދިރާސާކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑް ކަރުދާސްތައް ދިރާސާކޮށް ކޮމެންޓްކޮށް ހެދުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން ޕްރައިވެޓައިޒް ކުރުމުގައި އެހީތެރިވެދިނުން
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ގުޅޭ މަޝްރޫޢުތަކާއި، އެކި ޕްރޮޖެކްޓްތަކަށް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުމުގައި އެހީތެރިވުން

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

21 ޖުލައި 2015 (އަންގާރަ) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ