މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީގައި ގެސްޓް ހައުސް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިދާރާގެ އިއުލާނު ނަންބަރ (IUL)320-ADHR/320/2024/143 ބ.އޭދަފުށީގައި ގެސްޓް ހައުސް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ، އިއުލާނާ ގުޅިގެން ބިޑް ފޮތް އެއްވެސް ފަރާތަކުން ގަނެފައި ނުވާތީވެ އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރީމެވެ.                      

ގެސްޓްހައުސް  ހަދައި ހިންގުމަށް ބ. އޭދަފުށި ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ  މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ 10،000 ( ދިހަ ހާސް އަކަފުޓް )ގެ ދެ ބިން 50 ( ފަންސާސް)  އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ބ. އޭދަފުށި ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ. އަދި ދެ ބިން  ދެ ބިޑް ފޮތެއްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މިބިންތަކުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އަދި  ގެސްޓް ހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑުޕްރޮޕޯސަލް ގަނެ ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބީލަން ފޮތް ވިއްކުން

(ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 10,000 ރުފިޔާއަށް )

 

 

05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 14:00 އަށް

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

މައުލޫމާތު ސާފުކުރުން 

06 ޖެނުއަރީ  2025 ވާ ހޯމަ ދުވަހުން ފެށިގެން 09 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހަށް މެއިލް މެދުވެރިކޮށް

06 ޖެނުއަރީ  2025 ވާ ހޯމަ ދުވަހުން ފެށިގެން 09 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހަށް 13:00 އަށް

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

 

13 ޖެނުއަރީ 2025 ވާ ހޯމަ ދުވަސް

މެންދުރު 13:00

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

 

 މި ބީލަމާއި ގުޅޭ ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ބ. އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ބ. އޭދަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                މި ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސް ޢިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

                ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/10000ރ (ދިހަހާސް ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

                ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ޑޮކިއުމެންޓްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 13 ޖެނުއަރީ 2025  ދުވަހުގެ މެންދުރުފަހު 13:00 އަށް ބ. އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ.

 

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2024
ހޯދާ