ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތަކަށް ކޯޓޭޝަން ހުށަހަޅާނެ ފަރާތެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތަކަށް ކޯޓޭޝަން ހުށަހަޅާނެ ފަރާތެއް ހޯދުމަށް

 

   މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ބައެއް ތަކެތި ދިނުމުން، އަމިއްލަ ތަކެތީގައި މަރާމާތުކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

1-   ޕްރީސްކޫލް ފެން / ވެލި ކުޅޭ ސަރަހައްދު ހެދުން.

2-   3 ކްލާސްރޫމުގައި ކުލަފައިބާ ތަންތަން މަރާމާތުކުރުން.

3-   ހިޔާގަނޑު މަރާމާތުކުރުން.

4-   ގައު ޖަހާފައިވާ ސަރަހައްދު މަރާމާތުކުރުން.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ.

ކޯޓޭޝަން ހުށަހަޅާ ފޯމް ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުން 5 ޑިސެމަބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:45 ގައި މި ސްކޫލުގައި އޮންނާނެއެވެ.

މި މަސައްކަތްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 7951506މި ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ފުޅަދޫ ސްކޫލް

ބ. ފުޅަދޫ

ފޯން: 6600013

އީ-މެއިލް: [email protected]

04 ޑިސެންބަރު 2024
ހޯދާ