މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮމިޝަނަރ އޮފް ރިފޯމް

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި މި ވުޒާރާގެ ފަރާތުން އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރ އޮފް ރިފޯމްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

04 ޑިސެންބަރު 2024
ހޯދާ