މާފަރު ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން

  1. 1ޖެނުއަރީ 2025 ން ފެށިގެން 31 ޑިސެންބަރ 2025ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  GS115/IUL/2024/21 އިޢުލާން (12 ނޮވެންބަރ 2024) އާއި ގުޅިގެން އަދާހަމަނޫން ލިޔެކިޔުންތަކެއް ބޭނުން ކުރެވިފައި ވާތީ އެ އިޢުލާން ބާތިލްކޮށް،އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2.  މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
  3.  މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2024ޑިސެންބަރ 04 ން 2024 ޑިސެންބަރ 10 ވާ އަންގާރަ ދުވަހުގެ 13:30 ގެ  ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރޭޝަން ފޯމް" މި ސްކޫލުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެންބަރ 11 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
  2. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ  2024ޑިސެންބަރ 16 ވާ ހޯމަ ދުވަހުގެ 11:15 ގައި މިސްކޫލްގައެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ފޯންނަމްބަރ 6560574

އީމެއިލް: [email protected]

04 ޑިސެންބަރު 2024
ހޯދާ