މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 01 އަހަރު ކޮންޓްރެކްޓް -  ފުރަތަމަ 03 މަސް ޕްރޮބޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

  ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - ޕޯޓް ސެކިއުރިޓީ

މުސާރަ:

  • އަސާސީ މުސާރަ: 3600 ރުފިޔާ
  • ސަރވިސް އެލަވަންސް: 2160 ރުފިޔާ (ބޭސިކް މުސާރައިގެ %60)
  • މިނިމަމް ވޭޖް އެލަވަންސް: 3132 ރުފިޔާ (ބޭސިކް މުސާރައިގެ %87)

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކަޑައެޅިފައިވާ ސަރަޙައްދު ތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.
  • މުވައްޒަފުން ކޫއްޑޫއަށް އެތެރެކުރާ ތަކެއްޗާއި ބޭރުކުރާ ތަކެތި ބަލައި ޗެކުރުން. އަދި އެއްވެސް މައްސަލައެއް އުޅޭނަމަ ލަސްނުކުށް އެޑްމިންއަށް ރިޕޯރޓްކުރުން.
  • ކޫއްޑޫއަށް އެތެރެވާ އެހެނިހެން ފަރާތްތަށް ބަލައި އެތެރެވަނީ ހުއްދަލިބިގެންތޯ ބެލުން، އަދި މައްސަލައެއް ފާހަނގަވާނަމަ ރިޕޯރޓްކުރުން.
  • ރަށައް އަރާ ފައިބާ މުވައްޒަފުންނާއި އާއްމުން އެއްވެސް ހުއްދައެއްނެތި ތަނުން އެއްޗެއް ގެންދޭތޯ ބެލުން.
  • މުވައްޒަފުން ނޫން މީހުން ސަރަހައްދަށް އަރައިގެން ދާނަމަ އެދަނީ އޮފީހުގެ ހުއްދަ ލިބިގެންތޯ ބެލުން އަދި ހުއްދަނެތި ދާނަމަ އެމީހުން ހުއްޓުވާ އޮފީހަށް ރިޕޯރޓް ކުރުން.
  • މުވައްޒަފުންމަސައްކަތުގެ މާހައުލުގައި ކުންފުނިއާއި އަދި އިސްލާމްދީނާއި ޚިލާފު އެއްވެސް ޢަމަލެއް ފާހަނގަ ކުރެވިފައިވާނަމަ އެކަމެއް ރިޕޯރޓް ކުރުން.
  • މުވައްޒަފުންގެ ފަރާތުން އެއްވެސް ކަހަލަ މާރާމާރީއެއް ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭކަމަށް ފާހަނގަ ކުރެވޭނަމަ އެކަމެއް ހުއްޓުވާ ލަސްނުކޮށް އެޑްމިންއަށް އެކަމެއް ރިޕޯރޓް ކުރުން.
  • ސެކްޝަނުގައި މަސައްކަތް ކުރަމުންދާ އެހެންމުވައްޒަފުންނާއި ގުޅިގެން ރައްޓެހި ރަހްމަތްތެރި މާހައުލެއްގައި އެހީތެރިކަން ފޯރުކޮށްދީގެން މަސައްކަތް ކުރުން އަދި މެނޭޖްމެންޓްން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 07 ޑިސެމްބަރު 2024 ވަނަ ދުވަހު 14:00 ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2024
ހޯދާ