ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)JS-B/JS/2024/191
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- 2025 ވަނަ އަހަރު ޖަމާލުއްދީން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 04 ޑިސެމްބަރ 2024 އިން 10 ޑިސެމްބަރ 2024 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/SJKGxB9iZaxH8obb6
4- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 10:00 ގައި ޖަމާލުއްދީން ސްކޫލް ގައެވެ.
5- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
ރަށްދެބައި މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3324413
އީ-މެއިލް: [email protected]