ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ސ. އަތޮޅު މަދަރުސާގެ 2025 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް  ކުރި އިޢުލާން އަށް ( އިޢުލާން ނަމްބަރު: GS16/IUL/2024/10 ،ތާރީޚް: 26/11/2024) ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ފަރާތެއް ކަމުގައިވާތީ، ދެވަނަ ފަހަރަށް މި ބީލަމުގައި ބައިވެރިވުމަށް މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް  ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 04 ޑިސެމްބަރ 2024 ން 08 ޑިސެމްބަރ 2024 އާއި ދެމެދު ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން

2- ރަޖިސްޓްރީ ނަންބަރ

3- އީމެއިލް އެޑްރެސް

4- ގުޅޭނެ މޯބައިލް ނަންބަރު

މި ބީލަމާއިގުޅޭ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ބިޑް ހުޅުވުން އޮންނާނީ  12 ޑިސެމްބަރ  2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ:6895679

އީމެއިލް އެޑްރެސް:[email protected]

04 ޑިސެންބަރު 2024
ހޯދާ