ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ކައުންސިލުން ތަރައްޤީކޮށްފައިވާ "ކޮއި ޕާކު" ގައި ހަދަންފަށާފައިހުރި ފުޑްކިއޮސްކް 20 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި ދެންނެވި ފުޑްކިއޮސްކް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމާ އެތަނުގައި ޚިދުމަތް ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް އަދި ބިމުގެ ކުރެހުމާއެކު ކަމާގުޅޭ އެހެނިހެން ކުރެހުންތައް (ސްޓަކްޗަރަލް ޑްރޯވިން، ސާރވިސް ޑްރޯވިން، އަދި ސްޕެސިފިކޭޝަން) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ސުންގަޑި |
ރަޖިސްޓަރީވުމުގެ ސުންގަޑި |
10 ޑިސެންބަރު 2024 |
އަންގާރަ |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
12 ޑިސެންބަރު 2024 |
ބުރާސްފަތި |
13:00 (މެންދުރުފަހު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ގޫގުލްފޯމް ލިންކް:
https://forms.gle/gtpDhM2Kwsk529n5A
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
02 ޖުމާދުލްއާޚިރް 1446