ދިވެހިރާއްޖެ
އިޢުލާން
ރައްވެހިގެ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ކައުންސިލްގެ ރައްވެހިގެ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް ފޮނުވޭނެ ވާހަކަވެސް ދަންނަވަމެވެ.
- ބީލަން ރަޖިސްޓްރީކުރުން: 08 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން
- ރަޖިސްޓްރީ ލިންކް: https://forms.office.com/r/rnzZnmAfyF
- ބީލަން ރަޖިސްޓްރީ ކުރުމަށް ބޭނުންވާނެ ލިޔެކިއުންތައް: ވިޔަފާރި/ކުންފުންޏެއްނަމަ، ރަޖިސްޓްރީކޮޕީ އަދި ގުޅޭ ފޯނުނަންބަރު، އީމެއިލް އެޑްރެސް
- ލިޔެކިޔުން ފޮނުވަންޖެހޭ އީމެއިލް އެޑްރެސް: [email protected]
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް : 6800005
- ބީލަން ހުށަހެޅުން: ސުންގަޑި- 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 12:00 އަށް
މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
01 ޖުމާދަލްއާޚިރާ 1446
03 ޑިސެމްބަރ 2024