ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، 1 އަހަރުދުވަހުގެ މުއްދަތައް އުކާލައިދޭނެ ފަރާތެއް ހޯދުން.

(IUL)258/258/2024/88 ނަންބަރު

އިޢުލާން

ހަނިމާދޫ މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، 1 އަހަރުދުވަހުގެ މުއްދަތައް އުކާލައިދޭނެ ފަރާތެއް ހޯދުން.

ހަނިމާދޫ މަސްމާރުކޭޓު ސަރަޙައްދުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް އުކާލައިދޭނެ ފަރާތެއް ހޯދަން ކުރި މި އިދާރާގެ ނަންބަރު (IUL)258/258/2024/73 ޢިއުލާނަށް އެކަށީގެންވާ ވަރަށް ވުރެއް ބޮޑު އަގެއް ހުށައަޅާފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ ހަނިމާދޫ މަސްމާރުކޭޓު ސަރަޙައްދުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް އުކާލައިދިނުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް  https://forms.office.com/r/JfUaVRevJ5 ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

2024 ޑިސެމްބަރ 03 އިން

2024 ޑިސެމްބަރ 24 ނިޔަލަށް

2024 ޑިސެމްބަރ 24 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 10:00 ކުރިން / އޮންލައިންކޮށް

ބީލަންތައް ހުޅުވުން

2024 ޑިސެމްބަރ 24

ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  1. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  2. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002068

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1446

03 ޑިސެމްބަރ  2024

03 ޑިސެންބަރު 2024
ހޯދާ