ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
2 އޯޑިއޯ ރިކޯޑިންގް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޖުވެނައިލް ކޯޓަށް  2 އޯޑިއޯ ރިކޯޑިންގް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ޖުވެނައިލް ކޯޓަށް 2 އޯޑިއޯ ރިކޯޑިންގް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު:  198-F/2015/42(3 ޖޫން 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން  އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ މަސައްކަތް ކުރުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ