ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކްގެ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން.

 (IUL)258/258/2024/87ނަންބަރު

އިޢުލާން

      

ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކްގެ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން.

 ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކުގެ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)258/258/2024/71 ޢިއުލާނުގެ ބިޑް ޑޮކިޔުމެންޓްގައި ފުށުއެރުން ތަކެއް ހުރުމުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކްގައި ހެދިފައިވާ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://forms.office.com/r/gLWA2pcGZ9 ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

2024 ޑިސެމްބަރ 03 އިން

2024 ޑިސެމްބަރ 23 ނިޔަލަށް

2024 ޑިސެމްބަރ 23 ވާ (ހޯމަ) ދުވަހުގެ ހެނދުނު 10:00 ކުރިން / އޮންލައިންކޮށް

ބީލަންތައް ހުޅުވުން

2024 ޑިސެމްބަރ 23

ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  1. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  2. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002068

    އީމެއިލް:  [email protected]

 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1446

03 ޑިސެމްބަރ  2024

03 ޑިސެންބަރު 2024
ހޯދާ