ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
20 އެޗް.ޑީ/ޑީ.ވީ.ޑީ ރެކޯޑާ ގަންނަން ބޭނުންވެއްޖެ

އިޢުލާން

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް 20 އެޗް.ޑީ/ޑީ.ވީ.ޑީ ރެކޯޑާ ގަންނަން ބޭނުންވެގެން ކުރެވުނު: 198-F/2015/40(3 ޖޫން 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން  އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ މަސައްކަތް ކުރުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ