މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ ތެޔޮތާނގި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގައި ހަދާފައިހުރި ދެ ތެޔޮތާނގި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)332-ADHR/332/2015/41 (25.07.2015) ގެ އިޢުލާނަށް ތިންފަރާތުން އަގު ހުށަހަޅާފައި ނުވުމުގެ ސަބަބުން ބާޠިލުު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ކައުންސިލްގެ ނަމުގައި ޑީޝަލާއި ޕެޓްރޯލް ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ޑީސެލް ތާންގީގައި ރައްކާކުރެވޭނީ 30000 ލީޓާރ ޑީޝަލްއެވެ. ޕެޓްރޯލް ތާނގީގައި ރައްކާކުރެވޭނީ 10000 ލީޓަރެކެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 20 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ