މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މާލެ – ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅު - ތިލަފުށި ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް 2024 ޑިސެންބަރު 05 ގައި ފެށުމަށް ހަމަޖެހިފައިވާކަން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. އެހެންކަމުން ގުޅިފަޅު – ތިލަފުށި ޗެނަލް 2024 ޑިސެންބަރު 5 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާތީ، ކަނޑު އުޅަނދުފަހަރު މިސަރަހައްދުން ދަތުރު ނުކުރުމަށް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
އަދި ދަންނަވަމެވެ. މާލެ - ވިލިމާލެ އަދި ވިލިމާލެ - ގުޅިފަޅު މި ޗެނަލް ތައްވެސް ބަންދު ކޮށްފައިވާތީ މިސަރައްދުން ދަތުރު ނުކުރުމަށް ވެސް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ޑިސެންބަރު 2024
ހޯދާ