ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނާވިޔުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ބެހޭ.

އ.ތ.މ ކޮމެޓީއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނާވިޔުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ބެހޭ.

ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ކުނާވިޔުމަށް ދަސްކޮށްދޭ ބޭސިކް ކޯހެއް ގައްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަކީ ގައްދޫގައި މި މަސައްކަތް ކުރާނެ އާޖީލެއް އުފެއްދުމަށް ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ހިންގާ ކޯހަކަށް ވާތީ މި ކޯސް ހުޅުވާލާފައިވަނީ މުޅިން އަލަށް ކުނާ ވިޔަން ދަސްކުރަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އެހެންކަމުން، މިހާރު މިރަށުގައި ކުނާވިޔުމުގެ މަސައްކަތް ކުރާ ނުވަތަ ކުނާ ވިޔަން އެނގޭ މީހުންނަށް މި ކޯހުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 ކޯހުގެ ފީ އަކީ 1000.00ރ އެވެ.

ވިމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް (7955909) ނަންބަރަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

03 ޑިސެންބަރު 2024
ހޯދާ