މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ

 

އިޢުލާން

ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ

 

އަލިފުށީގައި އުޅޭ ބިދޭސީންގެ މައުލޫމާތު (ބަޔޯމެޓްރިކް ޑާޓާ) އެއްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)298/298/2024/77 އިއުލާނާއި ގުޅިގެން މިކައުންސިލާއި މަޢުލޫމާތު ހިއްސާ ނުކުރާ ބިދޭސީންގެ މައުލޫމާތު އެޅުމުގެ މަސައްކަތް 03 ޑިސެމްބަރ 2024 އިން 31 ޑިސެމްބަރ 2024 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:30 އަށް ކައުސިލްއިދާރާގައި ކުރިއަށްދާނެއެވެ.

އެހެންކަމުން ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ހަވާލުގައިވާ، ބިދޭސީން މައުލޫމާތު ނެގުމަށް ފޮނުއްވާދެއްވުން އެދެމެވެ. ބިދޭސީން މައުލޫމާތު ނެގުމަށް ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް ފޮނުއްވާދެއްވުން އެދެމެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2024
ހޯދާ