ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުފަހަރުތަކުގެ ތެރެއިން ކެނދިކުޅުދޫ ޒޯން (C) ޒޯން އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވަމުންދާ އެންމެހައި އުޅަނދުތައް މިޒޯން އަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.
އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ވިޔަފާރިތަކުން ބޭނުންކުރަމުންދާ އެއްގަމު އުޅަނދުފަހަރުތައް (C) ޒޯން އަށް ރަޖިސްޓްރީކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދިހަމައެހެންމެ (C) ޒޯން އަށް ރަޖިސްޓްރީ ކޮށްފައިނުވާ ޢާންމު ފަރުދުންގެ އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
މިދެންނެވުނު މުއްދަތަށް މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ޕޮލިސް ސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 ޖުމާދަލްއާޚިރް 1446
03 ޑިސެމްބަރ 2024