މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
'ގައިޑްލައިން ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' (ގައިޑްލައިން ނަންބަރު: 2022/G-39) އަށް ދެވަނަ އިޞްލާޙު ގެނައުމާ ގުޅޭ

މި އޮތޯރިޓީން 16 މޭ 2022 ޝާއިޢުކޮށްފައިވާ "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް، 2 ޑިސެމްބަރ 2024 (ހޯމަ) ގައި ވަނީ މި އޮތޯރިޓީން ދެވަނަ އިޞްލާޙެއް ގެނެސްފައެވެ.

 

'ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' ގެ 3.1 Assessment and evaluation processes އަށް ގެނެސްފައިވާ އިޞްލާޙުގައި، 50 އިންސައްތަ 'ކޮންޓްރޯލްޑް އެސެސްމެންޓް' ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމުކޮށްފައިވެއެވެ. އަދި މިފަދަ އެސެސްމެންޓްތައް ކުރިއަށްގެންދަން ވާނީ 'ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' ގައި އަންގާފައިވާ ގޮތަށެވެ.

 

ވުމާއެކު، މަތީ ތަޢުލީމު ދޭމަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭ ދުވަހުން ފެށިގެން، 'ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' އަށް ގެނެސްފައިވާ ބަދަލާއެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

މިކަމަކީ މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި ދަރިވަރުންނާއި އާންމުންނަށް އެންގުން މުހިންމުކަމެއް ކަމަށް ވާތީ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

ނޯޓް:

'ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' ގެ ދެވަނަ އިޞްލާހުގެ ލިންކް https://gazette.gov.mv/gazette/7148

03 ޑިސެންބަރު 2024
ހޯދާ