ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

 

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިއޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމުން، އެއްވެސް އޮފީހަކުން އިޖާބަދެއްވާފައި ނުވާތީ، އެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ތަކެތި 02 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭއަގު އަދި އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެންބަރު 11 ވަނަ ދުވަހު ހެދުނު 10:00 އަށް މިއޮތޯރިޓީއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

 ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި އޮތޯރިޓީއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328282 އަދި 3324545 އަށެވެ.

                            

 

03 ޑިސެންބަރު 2024
ހޯދާ