ދިވެހިރާއްޖެ
ނަމްބަރ:( IUL)252/252/2024/120
އިޢުލާން
މި ކައުންސިލް އިން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLSew-x0gJVbQj7FSQBdXcVydKCOHb7LBKijmvRmd9JHrzY-oDA/viewform?usp=pp_url
ބީލަން ރަޖިސްޓްރީ ކުރުން |
08 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން |
ޕްރީ- ބިޑް ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ |
ބީލަން ބަލައިގަތުން |
12 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން |
ބީލަންތައް ހުޅުވުން |
12 ޑިސެމްބަރ 2024 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 ޖުމާދަލްއާޙިރާ 1446ހ
02 ޑިސެމްބަރ 2024މ