ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ކައުންސިލަށް ވިނަކޮށާ މެޝިނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރ:(IUL)252/252/2024/119

 

ޢިއުލާން

 

މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިކައުންސިލަށް ވިނަކޮށާ މެޝިނެއް ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

                    މިކައުންސިލްގެ ނަމްބަރ (IUL)252/252/2024/113 (19 ނޮވެމްބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިޞާބު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް، މިކައުންސިލުންދޭ ސުޕެސިފިކޭޝަންތަކާއި އެއްގޮތަށް ވިނަކޮށާ މެޝިނެއްހޯދައިދީ ފުރިހަމަ ކުރަންޖެހޭ އެންމެހާ އިދާރީކަންކަން ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:  https://docs.google.com/forms/d/e/1FAIpQLSeDyUM3XjJzqEf_U_1RVwI8UArkLmSZTG7K0rQCud7WWDOfvg/viewform?usp=pp_url

 

 

ބީލަން ރަޖިސްޓްރީ ކުރުން

 08 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

 12 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

 12 ޑިސެމްބަރ 2024 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

                     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                              01 ޖުމާދަލްއާޙިރާ 1446ހ

                              02 ޑިސެމްބަރ 2024މ

02 ޑިސެންބަރު 2024
ހޯދާ