ދިވެހިރާއްޖެ
އިޢުލާން
2025-2024 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ
މި ފެށޭ 2025 ވަނަ އަހަރު ދަނބިދޫ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކިޔަވައި ދިނުން ހަމަޖެހިފައިވަނީ ސްކޫލުގައި ރަޖިސްޓްރީވާ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު -/150 ރުފިޔާގެ ފީ އެއް ނަގާގޮތަށެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު 02 ޑިސެންބަރު 2024 އިން 15 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ވަނީ ހުޅުވާލެވިފައެވެ. އަދި ކުދިން ޕްރީސްކޫލަށް ވައްދަން ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.
ގްރޭޑް |
2024-2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނާރސަރީ |
2024 ވަނަ އަހަރު ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާރސަރީ |
2024 ވަނަ އަހަރު ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ވީމާ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.