ދިވެހިރާއްޖެ
Bahira University – Spring 2025 / Pakistan |
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ބަހީރާ ޔުނިވަރސިޓީއާއި ގުޅިގެން އިންޓަރނޭޝަނަލް ދަރިވަރުންނަށް ތަޢުލީމް ޙާސިލްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ބިޒްނަސް ސްޓަރޑީސް، ކޮމްޕިއުޓަރ ސައިންސް، އާރތް އެންޑް އެންވާރަމެންޓް ސައިންސް، ހިއުމިނިޓީ އެންޑް ސޯޝަލް ސައިންސް، އިސްލާމިކް ސްޓަރޑީސް، ލޯ، މެރިޓައިމް ސްޓަރޑީސް، ސައިކޮލެޖީ، މީޑިއާ އަދި މެޑިކަލް އެންޑް ޑެންޓަލް ސްޓަރޑީސް ހިމެނެއެވެ. ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ކޯސް ދެއްވާ ފަރާތުންނެވެ. އަދި ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ޚަރަދު ތަކުގެ ތެރެއިން އެޑްމިޝަން ފީގެ ވަކި އިންސައްތައެއްގެ އިތުރުން ޕާކިސްތާނުގެ ދަރިވަރުންނަށް ޓިއުޝަން ފީ ދޭ އުސޫލުން ޓިއުޝަން ފީ ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ. އަދި މިފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
Application Link: https://bahria.edu.pk/isa
................................................................................................................. * މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ. |