އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކައުންސިލާއި ހދ. ނައިވާދޫ ކައުންސިލާއި ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަން

އިޢުލާން

ހއ. ދިއްދޫ ކައުންސިލާއި ހދ. ނައިވާދޫ ކައުންސިލާއި ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަން

2015 އޮގަސްޓު 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. ދިއްދޫ ކައުންސިލާއި ހދ. ނައިވާދޫ ކައުންސިލާއި ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2015 ޖުލައި 7 އިން 2015 ޖުލައި 14 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ "އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2015 ޖުލައި 7 ވާ އަންގާރަ ދުވަހުން ފެށިގެން 2015 ޖުލައި 14 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން މެންދުރުފަހު 1:45 އަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ހއ. ދިއްދޫ ކައުންސިލުންނާއި، ހދ. ނައިވާދޫ ކައުންސިލުންނާއި، ނ. ހެނބަދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު ކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ