މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބ. ތުޅާދޫ ހުޅަނގު އުތުރުން ކަނދުފަތި ޤާއިމުކުރުން

ނަންބަރު: (IUL)320-PRM/320/2024/158  

 

އިޢުލާނު

 

 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބ. ތުޅާދޫ ހުޅަނގު އުތުރުން ކަނދުފަތި ޤާއިމުކުރުން

 

                    މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަދުމަސްވެރިކަމަށާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކުރައްވައިގެން ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިއަތޮޅުގެ ތުޅާދޫ ހުޅަނގު އުތުރުން ޤާއިމުކުރެވުނު ކަނދުފަތީގެ މަޢުލޫމާތު ތިރީގައި ދެންނެވިފައި އެވަނީއެވެ.

      

ކަނދުފަތީގެ މަޢުލޫމާތު

ޤާއިމްކުރި ސަރަޙައްދު

ތުޅާދޫގެ ހުޅަނގު އުތުރުން 12.6 މޭލު ބޭރުގައި

ކަނދުފަތީގެ ނަންބަރު

F08D03

ޤާއިމްކުރި ތާރީޚް

27 ނޮވެމްބަރ 2024

 

ޕޮޒިޝަން

 

05 ދަރަޖަ 08.000 މިނިޓް، ދެކުނު އަރުޟު  (5°08.000’N)

72 ދަރަޖަ 40.200  މިނިޓް، އިރު ތޫލު (72°40.200’E)

 

 

                   އެނގިވަޑައި ގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށްގެން ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުން ބޮޑު ހޭދައެއްކޮށް، ބުރަ މަސައްކަތުން ޤާއިމްކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިފަދަ ކަނދުފަތިތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމު ވަދުމަސްވެރިކަމާއި މުނިފޫހި ފިލުވުމުގެ މަސްވެރިކަން ކުރާ ފަރާތްތައް މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއަށް އެންގެވުން އެދެމެވެ.

 

                                          އަދި ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްސީލް މަޢުލޫމާތުވެސް ލަސްނުކުރައްވާ އަންގަވައިދެއްވުން އެދެމެވެ. އަދި މިގޮތުން ކަނދުފައްޗާއި ގުޅޭ މުޢާމަލާތު ކުރައްވާއިރު ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުންކުރެއްވުން އެދެމެވެ.

 

                     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

                     އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

02 ޑިސެންބަރު 2024
ހޯދާ