ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޕޭޔަބަލް އޮފިސަރ |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 5 |
އަސާސީ މުސާރަ: |
މަހަކު -/6,500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ %15 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެކައުންޓްސް ޕޭޔަބަލް ޓްރާންސެކްޝަންތައް ރިކޮންސިލްކޮށް، ތަފާތުތަކެއް ހުރިނަމަ އެކަން ހައްލުކުރުން. - ހުރިހާ ފައިސާއާއި ޚަރަދުތަކުގެ ރެކޯޑް ބެލެހެއްޓުން. - އެކައުންޓްސް ޕޭޔަބަލް ލެޖަރ ރިކޮންސިލްކޮށް، ހުރިހާ ޕޭމަންޓްތަކެއް އެކައުންޓްކޮށް، ރަނގަޅަށް ޕޯސްޓްކޮށްފައިވޭތޯ ބެލުން. - އިންވޮއިސްތަކަކީ ޞައްޙަ އަދި ޕާޗޭސް އޯޑަރާއި ރަސީދުތަކާ އެއްގޮތްވާ އިންވޮއިސްތަކެއްކަން ކަށަވަރުކުރުން. - އެކައުންޓިންގ ސިސްޓަމްގައި އިންވޮއިސްތައް ރެކޯޑްކުރުން. - ޗެކް، އިލެކްޓްރޯނިކް ޓްރާންސްފާ، އަދި ވަޔަރ ޓްރާންސްފާ ހިމެނޭ ގޮތަށް ޕޭމަންޓް ވައުޗަރތައް ޝެޑިއުލްކޮށް ތައްޔާރުކުރުން. - ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެއްބަސްވެފައިވާ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދެއްކޭތޯ ބެލުން. - ބިލިންގ ނުވަތަ ޕޭމަންޓް މައްސަލަތައް ޙައްލުކުރުމަށްޓަކައި ލެންޑަރުންނާއި ސަޕްލައިކުރާ ފަރާތްތަކާ މުޢާމަލާތްކުރުން. - ޕޭމަންޓް ސްޓޭޓަސްއާ ގުޅޭގޮތުން ލެންޑަރުންގެ ފަރާތުން ކުރާ ސުވާލުތަކަށް އެޑްރެސްކުރުން. - ދައްކަންޖެހޭ އެކައުންޓްތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން. - މަސް ނިމޭއިރު އަދި އަހަރު ނިމޭއިރު ބަންދުކުރުމުގެ ޕްރޮސެސްތަކުގައި އެހީތެރިވުން. - މާލީ ސިޔާސަތުތަކާއި އުސޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން. - އެކައުންޓް ޕޭޔަބަލް އާއި ގުޅޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްތަކުގައި އެހީތެރިވުން. - މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 08 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ/ ޖެނުއަރީ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
29 ޖުމާދަލްއޫލާ 1446