ދިވެހިރާއްޖެ
ނަމްބަރ(IUL)252/252/2024/116
އިޢުލާން
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ފިއްލަދޫ ކައުންސިލް މަސްރޭސް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 13 ޑިސެންބަރި 2023 ވާ (ހުކުރު) ދުވަހުއެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.
(ހ) އެއްވަނަ ޓީމް - 5000 ރުފިޔާ
(ށ) ދެވަނަ ޓީމް - 3000 ރުފިޔާ
(ނ) ތިންވަނަ ޓީމް - 1500 ރުފިޔާ
(ރ) އެންމެ ބަރުމަސް ބާނާ ކެޔޮޅު - 500 ރުފިޔާ
ވިމާ މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި 09 ޑިސެންބަރު 2024
ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލް ކުރާނީ
[email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާއިން ލިބެންހުނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
29 ޖުމާދަލްއޫލާ 1446
01 ޑިސެމްބަރ 2024