ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 ޑިސެންބަރު 2024 13:25 ގައި ބާތިލް ކުރެވިފައެވެ.
މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މިރަށު ބަނދަރު ސަރަޙައްދުގައި އަމިއްލަ ތަކެތީގައި މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 5 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށްފަހު، ބީލަން ފޯމް ފުރިހަމަ ކުރައްވާ، 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563952 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.