ދިވެހިރާއްޖެ
އިޢުލާން
2025ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން
2025 ވަނަ އަހަރަށް މިސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެފުރުޞަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސްކޫލަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސްކޫލަށް ވަންނަން އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 15 ޑިސެމްބަރ 2024 ވާ އާދީއްތަދުވަހުގެ 12:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައް
- ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
- ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ
- ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާގުޅޭ ލިޔުންތަކުގެ ކޮޕީ
- ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
ފައުންޑޭޝަން އަށް ވައްދާނީ ތިރީގައިވާ ތާވަލުގައިވާ ގޮތައް އުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
|
އެލް.ކޭ.ޖީ |
2024 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2024ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށް، 2024 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން |
ސްކޫލަށް ވަންނަށް އެދޭ ފޯމް ސްކޫލްގެ އިދާރާއިން 2024 ޑިސެމްބަރ 02 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00އަށް ލިބެން ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ .