ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކ. ގުޅީ ކައުންސިލްގެ "ރަސްކެޔޮޅު މަސްރޭސް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސް ބޭނުމުގެ މުބާރާތެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2024 ޑިސެންބަރު 10 ވާ އަންގާރަ ދުވަހުއެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.
(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 15000.00 ރުފިޔާ
(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 10000.00 ރުފިޔާ
(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް –5000.00 ރުފިޔާ
(ރ) މުބާރާތުގެ "ރަސްކެޔޮޅު" – އެންމެ ބަރުމަސް ބާނާފައިވާ ފަރާތް
ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރިހަމަކުރައްވައި 2024 ޑިސެންބަރު 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 ޖުމާދަލްއޫލާ 1446
01 ޑިސެންބަރު 2024