ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/419 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-69-24) PJ/2024/14 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ކ.ވިލިމާލެ އިން ލިބިފައިވާ ބިމުގައި ވަށައިގެން ފެންސް ޖެހުމުގެ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2023 ވަނަ އަހަރު ކުރެވުނު ނަންބަރު (IUL) PSM-FP/ PSM/2023/239 އިޢުލާނާ އަދި އެއިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިއިޢުލާނާ ގުޅިގެން ޢާންމުކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
25 ޖުމާދުލްއޫލާ 1446
27 ނޮވެމްބަރ 2024