ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސްއަށް ދިޔުމާގުޅޭ

ގަވާއިދު ނަންބަރު 14-އާރ/2022 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން، 01 ޑިސެންބަރު 2024 އިން ފެށިގެން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އޮންނާނީ ރިސެސްގައެވެ.  

ރިސެސްގެ މުއްދަތުގައި، މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ނުބޭއްވިކަމުގައިވީނަމަވެސް، މިހާރު ތާވަލުކުރެވިފައިވާ އަޑުއެހުންތަކާއި، އެކަށީގެންވާ އަވަސް ގޮތެއްގައި ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ކޮންމެހެން އަޑުއެހުމެއް ބާއްވަންޖެހޭކަމަށް އެ މައްސަލަ ބައްލަވާ މަޖިލީހަކަށް ފެނިވަޑައިގަންނަވާ މައްސަލަތަކުގެ އަޑުއެހުންތަކާއި، މި މުއްދަތުގެ ތެރޭގައި މައްސަލަތަކާ ގުޅިގެން ހުށަހަޅަންޖެހޭ ޖަވާބު ނުވަތަ ހެކި ނުވަތަ ބަޔާން ހުށަހެޅުން އެ މައްސަލައެއް ބައްލަވާ މަޖިލީހަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތީން ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން ރިސެސްގެ މުއްދަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަތުމާއި، ޓްރައިބިއުނަލުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް އާންމު އުޞޫލުން ހިނގަމުންދާނެކަމުގައި ދެންނެވީމެވެ.

28 ނޮވެންބަރު 2024
ހޯދާ