މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

އިޢުލާން

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

 

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް މި ކައުންސިލުން ކުރި ނަންބަރު (IUL)299/299/2024/35 (19 ނޮވެމްބަރ 2024) އިއުލާނާއި ގުޅިގެން ގިނަ ޓީމުތަކަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ފޯމު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އިންތިޒާމް ކޮމެޓީއިން ވަނީ ނިންމާފައެވެ.

ވީމާ، 2024 ޑިސެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 13:00ގެ ނިޔަލަށް މުބާރާތަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއިއެކު، ޓީމުގައި ހިމަނާފައިވާ މެމްބަރެއްގެ ބަދަލުގައި އެހެން މެމްބަރަކު ހަމަޖައްސަން ބޭނުންވާނަމަ، 2024 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

28 ނޮވެންބަރު 2024
ހޯދާ