ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
ޖަސްޓިސް ބިލްޑިންގ ހިންގަމުން ގެންދާ އިމާރާތަށް ބޭނުންވާ ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް ހަރަކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު: 198-F/2015/24(14 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް މިޑިޕާޓްމަންޓުން ދީފައިވާ މިނިމަމް ރިކުއަރމަންޓަށް ނުފެތޭތީ އެތަކެތި ހޯދުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2015 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަމަޟާން 1436