މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމާއި ގުޅޭ

                         ނަންބަރު: (IUL)303-CA/303/2024/92

އިޢުލާން

މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމާއި ގުޅޭ

               އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން  ކަނބަލުންނަށް ހާއްޞަކޮށްގެން މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި މުބާރާތުގައި 18 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މި މަސްރޭހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމް އުނގޫފާރު ކައުންސިލް އިދާރާއަށް ހުސަހެޅުއްވުން އެދެމެވެ. އަދި  ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:30 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާއިން ބައިވެރިވުމަށް އެދޭ ފޯމް އަދި ޤަވާއިދު ލިބެން ހުންނާނެއެވެ. 

28 ނޮވެންބަރު 2024
ހޯދާ