ދިވެހިރާއްޖެ
އިޢުލާން
ކުޑަހުވަދޫގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ދަފްތަރު އެކުލަވާލައި ނާރެސް ޕޯޓަލްގައި ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް ބަޔޯމެޓްރިކްސް ނެގުމާއި ގުޅޭ.
ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ. އެގޮތުން ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށާއި އެހެނިހެން މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.
އެހެންކަމުން، މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުން 2024 ނޮވެމްބަރ 28 އިން 2024 ޑިސެމްބަރ 31 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެއެވެ. މިމުއްދަތުގައި ދަފްތަރުގައި ރަޖިސްޓްރީވުން ކުރިއަށްދާނެ ގަޑިތައް ތިރީގައި އެވަނީއެވެ.
ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރޭގަނޑު: 20:00 އިން 22:00 އަށް
ހުކުރު ދުވަހުގައި މެންދުރުފަހު: 14:00 އިން 22:00 އަށް
ހޮނިހިރު ދުވަހު ހެނދުނު: 14:00 އިން 22:00 އަށް
ވީމާ، މިރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީ ފަރާތަކީ ކާކުކަން އެގޭނޭ ފަދަ ލިޔުމަކާއެކު މިއިދާރާއަށް ފޮނުވައި ދެއްވުންއެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މަޢުލޫމާތު އަދާހަމަކުރުމަށް އެފަދަ ބިދޭސީންވެސް ފޮނުއްވާ ދެއްވުމަށްވެސް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ނަންބަރު 9925926 އަށް ގުޅުއްވުން އެދެމެވެ.