މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާއާއި ގުޅޭ
މިރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅަމުގެ މަސައްކަތް ކުރިއަށް ދާއިރު މި ދަންނަވާ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދެއްވުން އެދެމެވެ.
- ގޭގޭގެ ފުރާޅަށް ގުޅާފައިވާ ވާރޭފެން ދިޔަދޮވި ހޮޅި އިންސްޕެކްޝަން ޗެންބަރަށް ނުގުޅުން.
- ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި ކެންޓީން ފަދަ ތަންތާގައި އިންސްޕެކްޝަން ޗެންބަރަށް ގުޅުމަށް ވަކިން އޮއިލްޓްރެޕް ޗެންބަރެއް ހެދުން.
- ވެހިކަލް ގަރާޖް އަދި މިފަދަ އެހެނިހެން ތަންތަގައި ކެޗްޕިޓް ޗެންބަރެއް ހެދުން.
މި އިޢުލާނާއެކު އޮއިލްޓްރެޕް އަދި ކެޗްޕިޓް ޗެންބަރ ހަދާނެގޮތުގެ ކުރެހުން ހިމެނިފައިވާނެއެވެ. ވީމާ ދެންނެވިފައިވާ ފަރާތްތަކުން ނަރުދަމާ ކަނެކްޝަނަށް އެދުމުގެ ކުރިން އޮއިލްޓްރެޕް ޗެންބަރ އަދި ކެޗްޕިޓް ޗެންބަރ ހެދުމަށްފަހު ނަރުދަމާ ކަނެކްޝަން ގުޅުމަށް ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ނަންބަރު 3033720 ނުވަތަ ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ސްޓޭސަން ސްޕަވައިޒަރ / ސަޒްލީން ޖަޢުހަރީގެ ނަންބަރު 7847845 ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ.
27 ނޮވެންބަރު 2024
ހޯދާ