އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫ އަވަށުގައި ގާޑިޔާ ވިޔަފާރި ކުރުމަށް ބިން ދޫކުރުން

އިޢުލާން

 

ގާޑިޔާ ވިޔަފާރި ކުރުމަށް ބިން ދޫކުރުން 

       
 އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2021/02 "އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށްޓަކައި، މިއަވަށުގެ ބަނދަރު  ސަރަހައްދުން 01 އަހަރު ދުވަހުގެ މުއްދަތަށް 09 ބިން ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގާޑިޔާތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި ބަލާނީ ތިރީގައިވާ ކަންތައް ތަކަށެވެ. މާކްސް ދެވޭނެ ގޮތުގެ ތަފްސީލް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

 1

ސާފުތާހިރުކޮށް ތަން ޒީނަތްތެރި ކުރުމަށް ކުރާނެކަންތައްތައް

30

2

ގާޑިޔާގެ ކޮންސެޕްޓް، ('30×'20) ބިމުގައި          

30

3

މިއަވަށުގެ ރައްޔިތެއް ކަމަށްވުން                

20

4

ސީ.އެސް.އާރު

20

 

 

 

 

 

 

ވީމާ، ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަރަދޫ އަވަށު އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ގާޑިޔާ ވިޔަފާރީގެ ހުއްދަ އަށް އެދޭ ފޯމް ރަސްމީގަޑީގައި މަރަދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2021/02 "އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" އާއި، ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓް މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

26 ޖުމާދަލްއޫލާ 1446ހ. 

28 ނޮވެމްބަރ  2024މ.

 

28 ނޮވެންބަރު 2024
ހޯދާ