ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ތަޢުލީމާއި، ހުނަރާއި، ފަންނުތަކުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް، ރަށުގެ ހުޅަނގު އުތުރު ފަޅިން، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 53،000 އަކަފޫޓުގެ ބިން، ކުއްޔަށްދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 2024 ނޮވެންބަރު 27 ން 2024 ޑިސެންބަރު 05 ގެ 13:00ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ފޯމް ނަންގަވާ، ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަން ފޯމްގެ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ.
ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ މިއިދާރާގެ އަންނަނިވި އެކައުންޓަށެވެ. އަދި ރަޖިސްޓަރީވެވޭނީ ރަޖިސްޓްރީވުމަށް އެދި ދައްކާފައިވާ ފައިސާގެ ސްލިޕް [email protected] މެއިލަށް މެއިލް ކުރުމުންނެވެ.
ބޭންކް އެކައުންޓުގެ ނަން: 1411 ރެވެނިއު 1
އެކައުންޓް ނަންބަރު: 7709700388001
ސްލިޕްވައިބަރ ކުރައްވާނެ ނަންބަރު: 7341417
ބީލަން ރަޖިސްޓަރީ ފޯމް ލިންކް:
https://forms.gle/47wj5S6pVmUEkJq68
މި ބީލަމުގައި ރަޖިސްޓަރީވުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކިކަމުގެ ސްލިޕް އެއްކަރުދާސް ކުރެވިފައި އޮންނަންވާނެ އެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަންފޯމު ދޫކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.
ބީލަން ތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އަދި ބީލަން ހުށަހެޅުމަށް ބޭނުންވާ ފޯމްސެޓް ގަނެފައިވާ ފަރާތްތަގެ ތެރެއިން، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ވާނަމަ ތިރީގައި ބަޔާންކޮށްފައިވާ މެއިލް މެދުވެރިކޮށް 2024 ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން، އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ، 2024 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:00ގައި، މުލަކު ކައުންސިލު އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ، އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ފޯނު: 6723715
އިމެއިލް: [email protected]