މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާތަން:  މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް އުމަރު ޒާހިރު އޮފީސް ޢިމާރާތް، 2 ވަނަ ފަންގިފިލާ، އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 05ޑިސެމްބަރ 2024 ވާ ބުރާސްފަތި  ދުވަހުގެ  10:00ގައި ވަޑައިގަތުން އެދެމެވެ.

މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 1433           

 

މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ. އަދި ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މާލީވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، މުދާ ގެންދަވަންވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި  ދުވަހުގެ 10:00އަށް ނީލަމްގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

   25 ޖުމާދަލްއޫލާ   1446 ހ

    27 ނޮވެމްބަރ    2024 މ

27 ނޮވެންބަރު 2024
ހޯދާ