ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް

އެޓެންޑެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ސީ - ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞީއްޙީ މަރުކަޒުގެ ވޯޑްތަކާއި، ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، އިންޖެކްޝަން ރޫމާއި، ކޮންސަލްޓޭޝަން ރޫމާއި، ލެބޯޓްރީއާއި، އެހެނިހެން ކްލިނިކަލް އޭރިޔާތައް ސާފުކޮށް ބެލެހެއްޓުން.
  2. ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި، ނަރުހުން އަންގާގޮތެއްގެމަތިން ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި ދޮވެ ސާފުކުރުމާއި، ސްޓްރެލައިޒްކޮށް، އޮޓޯކްލޭވް ކުރެވި، ދެވަނަފަހަރަށް ބޭނުންކުރެވޭގޮތަށް ތަރުތީބުން ބެހެއްޓުން.
  3. މަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރާ ތަފާތު ފޮތިތައް ދޮވެ އިސްތިރިކުރުން.
  4. ނަރުހުން އޯ.ޕީ.ޑީ އާއި ވާރޑްގައި މަސައްކަތްކުރާއިރު އެހީތެރިވުން.
  5. ވާރޑްގައި ބަލިމީހުން އެޑްމިޓްކޮށް ދޫކޮށްލުމުން، ބަލިމީހާ އެޑްމިޓްކުރެވުނު އެނދު، ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން.
  6. ޞިއްޙީ މަރުކަޒުގައި އެޑްމިޓްކުރެވިފައިތިބޭ ބަލިމީހުންގެ ކަންތައްތައް ބެލެހެއްޓުމުގައި ނަރުހުންނަށް އެހީތެރިވުން.
  7. ވާރޑް ތެރޭގައި މީހުން ގިނަވިޔަނުދިނުން.
  8. މަސައްކަތު މީހުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  9. މަރުކަޒުގައި ބަލިމީހުން އެނދުމަތިކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ޑިއުޓީކުރުން.
  10. ޞިއްޙީ މަރުކަޒުން އިންތިޒާމުކުރާ މުނާސަބަތުތަކާއި، ރާވާ ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ

1- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  3. ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

23 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިމަރުކަޒުގެ އޮފީހަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 އޮގަސްޓުމަހުގެ ފުރަމަތަ ހަފުތާގެ ތެރޭގައި މި މަރުކަޒުގެ އޮފީހުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އެންގޭނެއެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެ ތިބުމަށް ސަމާލުކަން ދިނުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި މަރުކަޒުގެ 7902156 ނަންބަރު ފޯނަށެވެ.

19 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ