ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މަރުކަޒުގެ 2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް
- މި މަރުކަޒުގެ 2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 ނޮވެމްބަރ 2024 އިން 03 ޑިސެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މި މަރުކަޒުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޑިސެމްބަރ 2024 ބުދަ ދުވަހުގެ14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 8 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 00: 13ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 11 ޑިސެމްބަރ 2024 ވާ ބުދަދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު6528817 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]
27 ނޮވެންބަރު 2024
ހޯދާ