ދިވެހިރާއްޖެ
އިޢުލާން
ބަނދަރުމަތީގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ:
ރަށުގެ ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށާއި އާއްމުންނަށް އުނދަގޫވާގޮތަށް ބަނދަރުގެ އެކިސަރަހައްދުތަކުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނުގެންގޮސް ގިނަދުވަސްތަކެއް ވެފައިވާތީ 03 އޮކްޓޫބަރ 2024 ގައި މިކައުންސިލުން ކޮށްފައިވާ އިޢުލާނުގެ މުއްދަތު ހަމަވެ، މިއަދާ ހަމައަށް އައިއިރު ގިނަ އަދަދެއްގެ މުދާ ބަނދަރުގެ އެކި ސަރަޙައްދުތަކުގައި ހުރިކަން ފާހަގަކުރަމެވެ.
ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް ބަހައްޓާނަމަ ބަހައްޓަންވާނީ މިރަށު ބަދަރު ބެލެހެއްޓުމުގެ ޤަވާއިދު (2013/R-804) ގެ ދަށުން ކައުންސިލުން ހުއްދަލިބިގެންކަން ބަޔާންކޮށް އިޢުލާން ކުރެވިފައިވާ އިރު، މިހާރު ބަނދަރުގައިވާ މުދަލުގެ ވެރިއެއް ކައުންސިލަށް އިނގިފައި ނުވުމާއި، އެތަކެތީގެ ވެރިފަރާތުން މިއަދާހަމައަށް އެތަކެތި ނަގާފައި ނުވާކަން ފާހަގަކުރަމެވެ.
ވީމާ، މިރަށު ބަދަރު ސަރަހައްދުގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ހިމެނޭ ގޮތަށް) ނަގައި ސާފުކުރުމަށް ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެތެރޭގައި އެތަކެތި ބަނދަރު ސަރަހައްދުން ނަގާފައިނުވާނަމަ، ވެރިއަކު ނެތް އެއްޗެއްކަމަށް ބަލާ ކައުންސިލުގެ ބެލުމުގެ ދަށުން ކައުންސިލުން އެތަކެތި ނަގާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.