ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޑިރެކްޓަރ

މިއިދާރާގެ ނަންބަރު:  57-K/IU/2024/69 ( 27 އޮކްޓޯބަރު 2024) އިޢުލާނު ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމަށް އަލުން އިޢުލާންކުރަމެވެ. 

މަޤާމުގެ ނަން:

 ޑިރެކްޓަރ

ރޭންކް:

 EX1/B

ސެކްޝަން/ޑިޕާޓްމަންޓް

 މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން- ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ނޫސްވެރިކަމުގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަނާ ހަވާލުވެ ހުންނަ ވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާއާގުޅޭ އެންމެހާ މަސައްކަތްތަކާއި ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ނުވަތަ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނަ ވެރިއެއްގެ ލަފައާ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތަކާއި، އެކި އިވެންޓްތައް ބްރޯޑްކާސްޓްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި، ޚަބަރު ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާ އަދި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމުގެ ކަންކަން ބެލެހެއްޓުން.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތަކާއި، އެކި އިވެންޓްތަކުގެ މަޢުލޫމާތާއި ޚަބަރު، ދުވަހުން ދުވަހަށް މީޑިޔާއަށް ދިނުމުގެ މަސައްކަތް ކުރުން.
  • ނޫސްވެރިންނާ ބްރޯޑްކާސްޓަރުން އަދި ކެމެރާމަނުން ޚަބަރާބެހޭ ކަންކަމުގައި މަޖިލިސްކުރާގެއަށް އައިސްގޮސްވުމުގެ ކަންތައްތައް ވިލަރެސްކޮށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • ސެކްޝަން ތަރައްޤީކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ ހިންގުމާއި ސެކްޝަނުގެ މުވައްޒަފުންނަށް ތަމްރީނުދީ ޤާބިލު ހުނަރުވެރި މުވައްޒަފުންނަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ބެލެހެއްޓުން.

އުޖޫރަ:

  • މަހަކު 15,950 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

 - ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

 - ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

 - ފޯން އެލަވަންސްގެ ގޮތުގައި މަހަކު 600 ރުފިޔާ

 - އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 05 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:     

 

 ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން  ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

 https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާ ފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

     ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

27 ނޮވެންބަރު 2024
ހޯދާ