ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/417 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-68-24) GA/2024/185 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ ބިލްޑިންގގެ 3 ބުރީގެ ޢިމާރާތުގައި 3 ފުރާޅަށް ވާގޮތަށް ސިމެންތި ޓިނުން ހިޔާކޮށްފައިވާ ފުރާޅުގައި އަލުން ޓިނު ޖެހުމަށް ބޭނުންވާތީ، މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ސައިޓް ބެލުމަށްފަހު، 11 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ސައިޓް ބެލުމަށްފަހު، ކުރަންވާ ކަންތައްތައް ރަނަގަޅަށް އެނގި މަޢުލޫމާތުގައިވާ ހުރިހާކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ސައިޓް ބެލުމަށް ޙާޒިރުވި ފަރާތްތަކަށް އެކަންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
22 ޖުމާދުލްއޫލާ 1446
24 ނޮވެމްބަރ 2024