ދިވެހިރާއްޖެ
ނަންބަރ: (IUL)242-CA/242/2024/47
އިޢުލާން
ގދ. އަތޮޅުކައުންސިލް އިދާރާގެ މިހާރު ހުރި ދިޔަދޮވި ނައްޓާ ނަލަފިލާ ބަދަލުކޮށް ނެއްޓި ދިޔަދޮވި އަލުން ހަރުކޮށް ބަދަލުކުރުމާއި، ޢިމާރާތުގެ ބޭރުފާރުތަކާއި، ގޯތީގެ ވަށާ އިންފާރުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ އިތުރުން އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ބްރެކެޓްގައި ދަވާދުލުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިއިދާރާގެ އިމާރާތުގައި ހުރި ދިޔަދޮވި ނައްޓާ ނަލަފިލާ ބަދަލުކޮށް ނެއްޓި ދިޔަދޮވި އަލުން ހަރުކޮށް ބަދަލުކުރުމާއި، ޢިމާރާތުގެ ބޭރުފާރުތަކާއި، ގޯތީގެ ވަށާ އިންފާރުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ އިތުރުން އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ބްރެކެޓްގައި ދަވާދުލުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން "އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސި ހިސާބު ރަޖިސްޓްރީ ކުރާ ފޯމް މި އިޢުލާނުގައިވާ ކިއު.އާރް ކޯޑް ސްކޭން ކުރުމުން ނުވަތަ https://forms.gle/5gjfu3vDWWDaHNpd8 މި ލިންކް ބޭނުން ކުރެއްވުމުން ލިބިވަޑައިގަންނާނެއެވެ.
 - ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
 - ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
 - ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
 - ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 - އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
 
| 
 ތަފްޞީލް  | 
 ތާރީޚާއި ގަޑި  | 
| 
 ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް  | 
 03 ޑިސެމްބަރ 2024 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 12 ޑިސެމްބަރ 2024، 13:00  | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
